ޚަބަރު ފީތާ

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 138 މީހުން!

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން 138 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 13 މީހުންނާއި އަތޮޅު ތެރެއިން 105 މީހުން ކަމަށެވެ. އަދި ރިސޯތުތަކުން 7 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން 13 މީހަކު ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް 73،798 މީހުން ޕޮޒިޓިވް ވެފައިވާ އިރު، 69،974 މީހުން ވަނީ ރަނގަޅުވެފަ އެވެ.

3،602 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެނީ 28 މީހުުންނަށެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 210 މީހުން ވަނީ ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry