ޚަބަރު ފީތާ

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: މިނިސްޓަރ ނަސީމް

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި 96 އެމްބިއުލާންސް ގަތުމަށް  އެސްޓީއޯއާއެކު މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

މިނިސްޓަރ ނަސީމު ވިދާޅުވީ ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖެއަށް އިތުރު 10 އެމްބިއުލާންސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ސީ އެމްބިއުލާންސް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި 15 ސީއެމްބިއުލާންސް ސަރުކާރުން ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް މިނިސްތަރ ވިދާޅުވި އެވެ.

މިވަގުތު މާލޭގައި އެމްބިއުލާންސްގެ ޚިދުމަތް ދެމުން އަންނަނީ އިމަރޖެންސީ މެޑިކަލް ސަރވިސްގެ ދަށުން ނެވެ. މި ޚިދުމަތް ފުޅާކޮށް އަތޮޅުތެރޭގައިވެސް ކުއްލި ފަރުވާގެ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރަމުން ނެވެ.

މި ޚިދުމަތް ހަރުދަނާކޮށް އީއެމްއެސް މެދުވެރިކޮށް އެމްބިއުލާންސް ހޯދުމަށް 100 އަށް ގުޅުމުން ޚިދުމަތް ލިބޭނެ އިންތިޒާމު ވެސް މިހާރުވަނީ ހަމަޖައްސާފަ އެވެ.

Like
Like Love Haha Wow Sad Angry