ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެދާދްއާއި ލެގަނީސް ބައްދަލުކުރި މެޗު ރެއާލް ސޮސިއެދާދު ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗު ލެގަނީސްގެ މައްޗަށް ރެއާލް ސޮސިއެދާދު ކުރިހޯދާފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
ލެގަނީސްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި ސޮދިއެދާދުގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައިވޗަނީ 29 ވަނަ މިނެޓުގައެވެ.
މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޮސް މާޓިނޭޒްގެ އެހީތެރިކަމާއެކު ވިލިއަން ޖޯސްއެވެ.
ރެއާލް ސޮސިއެދާދު އެއްލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ފާހުގެ ކުޅުނހް ނިންމާލިއިރު އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅުގައެވެ. ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޒަބީ ޕްޜރިއެޓޯ އެވެ.
މި ލަނޑަށް ފަހުވެސް ރެއާލް ސޮަސިއެދާދަށް ވަނީ އިތުރަށް ލަނޑުޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.
ރޭގެ މި ނަތީޖާއާ އެކު ރެއާލް ސޮސިއެދާދު ވަނީ 16 ޕޮއިންޓާއެކު ލީގުގެ 6 ވަނައަށް ޖެހިލާފައެވެ. އެޓީމު އަތުން ބަލިވި ލެގަނީސް އޮތީ ސާދަ ވަނާގައެވެ. ލީގުގެ އެއްވަނާގައި މިވަގުތު އޮތީ 21 ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ.
ދެވަނާގައި 20 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ތިންވަނާގައި 19 ޕޮއިންޓާެއކު އޮތީ ބާސެލޯނާއެވެ.
މިރޭގައިވެސް ސްޕެނިޝް ލީގުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. މިރޭގެ މެޗުތަކަށް ބަލާއިރު މިރޭ 7:15 ގައި ތާވަލްގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލްވޭސް ބައްދަލުކުރާ މެޗު ފެށޭއިރު 9:30 ގައި އެތްލެޓިކޯ މެޑްރިޑާއި މަލާގާ ބައްދަލުކުރާ މެޗު ކުޅެވޭނެއެވެ. އަދި ބާސެލޯނާ އާއި ގްރެނާޑާ ބައްދަލުކުރާ މެޗު 11:45 ގައި ކުޅެވޭނެއެވެ.