ރައީސް ނަޝީދަށް ދިން ޙަމަލާގައި ޒަޚަމްވި ބޮޑީގާޑުގެ އޮޕަރޭޝަނެއް ކުރަނީ!

ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ބުނެފައިވަނީ އެ ހަމަލާގައި އިލްހާމްގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗުގައި މާދަމާ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދުގެ ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގެ ކަންމަތީގައި އޮތް ކާރު ކޮޅަށް އަރާވަޑައި ގަންނަވަނިކޮށް، ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިފައި އޮންނަވަނިކޮށް، ނަގައި ކާރަށް އެރުވީ އިލްހާމެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށްވެސް އިލްހާމް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.