އެމެރިކާގެ މަޔާމީގެ އިމާރާތް ވެއްޓި ދަށުވި މީހުން ސަލާމަތް ކުރުމުގައި ކުރިއެރުމެއް ނުލިބޭ

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މިޔާމީ ސިޓީގެ 12 ބުރީގެ އިމާރާތެއް ވެއްޓި އިމާރާތުގެ ދަށުވި މީހުން ސަލާމާތް ކުރުމުގައި މާ ބޮޑު ކާމިޔާބެއް ނުލިބޭ ކަމަށް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިދިޔ ބުރާސްފަތި ދުވަހު ވެއްޓުނު އެ އިމާރާތަކީ މިޔާމީގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ކޮންޑޯ އެކެވެ.

އިޝްތިހާރު Below Header ad

ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް އިމާރާތުގެ ދަށުން ދިރި ތިއްބަ ސަލާމާތް ކުރެވިފައިވަނީ35 މީހުންނެވެ. އަދި މިއަދު ވަނީ މަރުވެފައިވާ އެކަކުގެ ހަށިގަނޑު އިމާރާތުގެ ދަށުން ނަގާފައި އެވެ.

މިއާއި އެކު އިމާރާތުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު ވަނީ ފަހަކަށް އިތުރުވެފައި އެވެ.

އަދިވެސް އިމާރާތުގެ ދަށުގައ ި150 އަށް ވުރެ ގިނަ މީހުން އެބަތި ބިކަމަށް ސިޓީގެ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. އެމީހުން ދިރި ތިއްބަ ސަލާމަތް ކުރެވޭތޯ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު އެކަމަށް ހުރަސް އެޅިފައިވަނީ އަލިފާނާއި ދުމުގެ ސަބަބުން ކަމަށްވެ އެވެ.

އެ ކޮންޑޯއިން ވެއްޓިފައިވަނީ އިމާރާތުގެ އެއްބައެވެ. އެ އިމާރާތުގައި 130 އެޕާޓްމެންޓު ހުންނައިރު ވެއްޓުނު ފަޅީގައި ހުރީ 70 އެޕާޓްމެންޓެވެ.

އެއީ 1981 ވަނަ އަހަރު ހަދާފައިވާ އިމާރާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.