ޔުނައިޓެޑާއި ސިޓީން ލުއިސް ސުއަރޭޒް ހޯދުމަށް 125 މިލިއަން ޕައުންޑުގެ ބިޑެއް ހުށައަޅަނީ.

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އަށް 135 މިލިއަން ޕައުންޑްގެ ބިޑެއް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އިން ކުރަން ތައްޔާރު ވަމުން އަންނަކަމުގައި ސްޕެއިންގެ މަސްހޫރު ކުޅިވަރު ނޫހެއް ކަމުގައިވާ ޑަންބަލޮން އިން ބުނެފިއެވެ.

luissuarezliverpoolvmanchesterunitedogsb-clbdtnl

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނޫހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ސުއަރޭޒް ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޔުނައިޓެޑުން ކަމަށާއި އަންނަ އަހަރުގެ ޓްރާންސްފާ މާކެޓްގައި ރަސްމީކޮށް މަސައްކަތް ފަށަން ޔުނައިޓެޑާއި ސިޓީން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި ރިޕޯޓުގައި ވާގޮތުން ޔުނައިޓެޑުން ބޭނުންވަނީ އެޓީމަށް މިފަހަރުގެ ސީޒަނަށް ގެންގޮސްފައިވާ ޒަލަޓާން އިބްރަހިމަވިޗް ވިއްކާލަން ކަމަށާއި އަދި އިބުރަހިމަވިޗް ވިއްކާލުމަށްފަހު އެ މަގާމަށް ސުރޭޒް ގެނައުމަށް ކަމަށެވެ.

އެހެން ނަމަވެސް މި ކަމާމެދު އަދި ރަސްމީކޮށް ބާސާއިންވެސް ސިޓީން ވެސް އަދި ޔުނައިޑެޓުންވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

prop140316-075-man_utd_liverpool

ލުއިސް ސުއަރޭޒް ހޯދުމަށް އިނގިރޭސި ވަރުގަދަ ދެބާރުން މަސައްކަތް ފަށަންތައްޔާރު ވަމުންއަންނަ ކަމުގެ ޚަބަރުތައް މީޑިއާގައި ގަދަވެފައިވާއިރު ސުއަރޭޒް ވަނީ މީގެ ކުރިންވެސް ލިވަޕޫލަށް ކުޅަފައެވެ. އެގޮތުން އޭނާ ލިވަޕޫލަށް ކުޅުނުއިރު އަހަރުގެ އެންމެ މޮޅުކުޅުންތެރިއާގެ އިތުރުން އެ ސީޒަނުގައި އެންމެ ގިނަ ގޯލް ޖެހިކުޅޫންތެރިއާގެ މަގާމުވެސް ސުއަރޭޒް ވަނީ ހޯދާފައެވެ.

ސުއަރޭޒް ގެން ދަން އިނގިރޭސި ބޮޑު ދެކުލަބަކުން މަސައްކަތް ވަށަން ތައްޔާރުވާން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައިވާއިރު ލިވަޕޫލަށް ކުޅެމުންއަންނަ އިނގިރޭސި ޑިފެންޑަރ ނެތާނިއެލް ކްލައިން ހޯދުމަށް ބާސެލޯނާއިން ވެސް މަސައްކަތް ފަށަން ތައްޔާރުވަމުން ގެންދާކަމަށް އިނގިރޭސި ނޫހެއް ކަމުގައިވާ ދަ ސަންއިން ވަނީ ބުނެފައެވެ.

55df93c5e142d_clyne

ދަ ސަންއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އަންނަ އަހަރު ޖެނުއަރީ ޓްރާންސްފާގައި ކްލައިން ބާސެލޯނާއާ ގުޅޭނެކަމަށާއި އޭނާ ގެނަުމުގެ ކަންތައް ބާސާއިން ވަރަށް ބާރަށް ކުރިޔައް ގެންދާ ކަމަށްވެސް އެކުލަބުން ބުނެފައިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.

js71431910

އަދި އިނގިރޭސި ޑިފެންޑަރު ބާސާއާ ގުޅޭނީ 20 މިލިއަން ޕައުންޑ    ްގެ ފީއަކަށް ކަމަށް ވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.