ޚަބަރު ފީތާ

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ.

މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމަށް ވަނީ ނިންމާފަ އެވެ. އަދި 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވެސް ހަމަޖެހިފައި ވެއެވެ.

16.94 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

Like
Like Love Haha Wow Sad Angry