ޚަބަރު ފީތާ

ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަންގްލަދޭޝް ހަފްތާއަކަށް އެއްކޮށް ލޮކްޑައުން ކުރަނީ

ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވާތީ ބަންގްލަދޭޝް ލޮކްޑައުނަކަށް ދާން ނިންމައިފި އެވެ.

އެ ގައުމުގެ ޕްރެސް އިންފޮމޭޝަން ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުޅި ގައުމު ލޮކްޑައުން ކުރަން ނިންމާފައިވަނީ އެއް ހަފްތާއަށް ކަމަށެވެ. ލޮކްޑައުން ފެށޭނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އެ ޑިޕާޓްމެންޓުން ބުނީ އެ މުއްދަތުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް ބަންދުވާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިމް ބޭރަށް ނުކުތުން ވަނީ މަނާކޮށްފައި އެވެ.

މީގެ އިތުރުން އާންމު ދަތުރުފަތުރުތައް ކަމަށްވާ ރޭލާއި، ބަހުގެ ހިދުމަތް މެދުކަނޑާލާނެ އެވެ.

ބަންގްލަދޭޝްގައި އިއްޔެ ކޯވިޑް-19 އަށް 5،869 މީހުނ ޕޮސިޓިވްވެފައިވެ އެވެ. އަދި 108 މީހަކު އިއްޔެ އެކަނި ބަލީގައި މަރުވެފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މާޗްމަހުގެ ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން އެ ގައުމުން މަރުވި ފުރަތަމަ ދުވަހެވެ. އަވަސް ފިޔަވަޅުތަކެއް އަޅައި ގައުމު ލޮންޑައުން ކުރަން ނިންމި މައިގަނޑު ސަބަބަކީ އެއީ އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން 878,804 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި  13,976 މީހުން ބަލީގައި މަރުވެފައިވެ އެވެ.

Like
Like Love Haha Wow Sad Angry
1