އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވޭ ގޮތަށް ނިންމީ ކްރިމިނަލް ކޯޓުން ނެވެ.
މިދިޔަ ހޯމަ ދުވަހު އަލީގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބޭއްވިނަމަވެސް އަލީ ވަހީދު ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެެވ. އަދި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސުވާލު އުފައްދަވާފަ އެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެހެންވެ އެކަން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވާނެ ކަމަށެވެ.
ދައުލަތުން ބުނާ ގޮތުގައި، އަލީ ވަހީދުގެ ޝަރީއަތަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.
އޮންލައިންކޮށް ޝަރީއަތް ބާއްވައިދޭން ކޯޓުގައި އެދިވަޑައިގަތީ އަލީ ވަހީދެވެ. އޭނާ އެކަމަށް އެދި ކޯޓަށް ސިޓީ ފޮނުވުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފައަކަށް އެދިވަޑައިގައިގަތުމުން އޭނާ ލަފާ ދެއްވީ އެގޮތަށް ކުރިއަށް ގެންދެވޭނެ ނަމަ ކުރިއަށް ގެންދާށެވެ.
އެ ލަފާގެ މަތިން ގާޒީ ހަސަން ސައީދު ނިންމެވީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެގޮތަށް ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ 12 ވަނަ މާއްދާގެ ދަށުންނެވެ.
ޚަބަރެއް ފުރިހަމަ ކުރަން ނޭނގޭ އެޑިޓަރުންނަށް ވާނީ ތިވަރު….އިސްތިއުނާފު ކޮށްފި ކަމަށް ބުނާނަމަ ވީކިހިނެއްކަން އެނގެންވާނެދޯ؟ އެކުރި އސްތިއުނާފުގަ ކޯޓުން ކުރީ ރަނގަޅަށްކަން.ނޫނީ ގޯސްކޮށްކަން.
އިސްތިއުނާފު ކުރުމުގެ މާނައަކީ ކޮބާ? އިސްތިއުނާފު ކުރީމާ ވީގޮތަކީ ކޮބާ?