އިސްރާއީލަށް ޑެލްޓާ ވޭރިއަންޓުގެ ބިރު ބޮޑުވެ، އާންމު ތަންތަނުގައި އަލުން މާސްކު އަޅަން ފަށަނީ

ދުނިޔޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު ކަމަށް ގަބޫލު ކުރެވިފައިވާ އިސްރާއީލުގައި ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވެއްޖެ އެވެ.

ކޯވިޑަށް ރައްޔިތުންނަށް ވެކްސިންދީ ވައިރަސް ކޮންޓްރޯލް ކުރެވުމުން އެ ގައުމުން ވަނީ މީގެ 10 ދުވަސް ކުރިން ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އާންމު ތަންތަނުގައި މާސްކު ނާޅާ އެޅުވޭގޮތް ހަދާފައިވެ އެވެ.

އިޝްތިހާރު Below Header ad

މިމަހު ކުރީ ކޮޅު ގިނަ ދުވަސް ދުވަހު އެ ގައުމުން އެއްވެސް މީހަކަށް ކޯވިޑް ޖެހިފައެއް ނުވެ އެވެ.

އެކަމަކު މިހާރު އަނެއްކާވެސް ކޯވިޑްގެ ކޭސްތައް ވަނީ އިތުރުވާން ފަށާފައި އެވެ. އެގޮތުން އިއްޔެ 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮސިޓިވްވުމުން އިސްރާއީލްގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ރައްޔިތުން އަނެއްކާވެސް މާސްކު އެޅުން މަޖުބޫރު ކުރަން ނިންމާފައިވާ ކަމަށް ބުނެފައި އެވެ.

އިސްރާއީލުން ބުނީ އެ ގައުމުން މިހާރު ފެންނަމުން ދަނީ ކޯވިޑް-19ގެ ޑެލްޓާ ވޭރިއަންޓު ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކޭސްތަކަކީ ގައުމަށް އެގެން ގައުމުތަކުން އިމްޕޯޓުވާ ކޭސްތަކެއް ކަމަށް ބުނެފައިވެ އެވެ.

ކޯވިޑްގެ ވޭރިއަންޓުތަކުގެ ތެރެއިން ޑެލްޓާ އަކީ ވަރަށް ހަލުވި ކަމާއި އެކު ފެތުރޭ ވޭރިއަންޓެކެވެ. އެހެންވެ ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން އިސްރާއީލުން ވަނީ ބައެއް ބޮޑެތި ހަފްލާތަކާއި ހަރަކާތްތައް ފަސް ކުރުމަށް ނިންމާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.