ރާއްޖެއިން މިއަދު ޕޮޒިޓިވް ވި ޢަދަދު 200 އިން މައްޗަށް އަރައިފި

ރާއްޖެއިން މިއަދު ޕޮޒިޓިވް ވި ޢަދަދު 200 އިން މައްޗަށް އަރައިފި އެވެ.

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް 266 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އިޝްތިހާރު Below Header ad

އޭގެ ތެރޭގައި މާލެ ސަރަހައްދުން 41 މީހުންނާއި އަތޮޅުތަކުން 105 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 8 މީހުން ހިމެނެ އެވެ. އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 112 މީހުން ވެސް ހިމެނެ އެވެ.

މިއަދުގެ ޢަދަދާއެކު ރާއްޖެއިން 72،944 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 31 މީހަކަށް ފަރުވާދެމުން އަންނަ އިރު، ފާއިތުވި 24 ގަޑި އިރު ނަގާފައިވަނީ 5264 ސާމްޕަލެވެ.

ކޮވިޑު ބައްޔަށް ބޭސްކުރަމުން އަންނަ މީހުންގެ ތެރެއިން 68،429 މީހުން އެބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 208 މީހުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.