ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުން އޮގަސްޓު 31 ގެ ނިޔަލަށް!

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުން އޮގަސްޓު މަހުގެ ނިޔަލަށް ފަސް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ އެ ތާރީޚުގެ ނިޔަލަށް ލިޔެކިޔުން ހުށަނާޅާ ޖަމްއިއްޔާތައް، ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ ތާރީޚަކީ ކޮންމެ އަހަރަކު ވެސް ޖޫން މަހުގެ 30 ވަނަ ދުވަހެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްއްޔާތަކުގެ ލިސްޓު މީރާގެ ވެބްސައިޓުން ފެންނަން ހުންނައިރު އެ ފަދަ ޖަމްއިއްޔާތަކުން ކޮންމެ އަހަރަކާ ގުޅޭ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ޑޮނޭޝަންގެ މައުލޫމާތު ހިމެނޭ ގޮތަށް އާމްދަނީއާ ޚަރަދުގެ ބަޔާނެއް ހުށަހަޅަން ޖެހެއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްއްޔާއަކުން ކޮމިޝަނާ ޖެނެރަލްގެ ހުއްދަ ހޯދަން ބޭނުންނަމަ “ޗެރިޓަބްލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން” ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހާ މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަން ޖެހެއެވެ.

އެހެންނަމަވެސް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށް މީރާއިން ގަބޫލުކުރާ ޖަމިއްއްޔާތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްއްޔާތަކުގެ ގޮތުގައި ބެލެވޭނެ ކަމަށް މީރާއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.