ޚަބަރު ފީތާ

އައްޑު ސިޓީގެ ބައެއް ރަށްރަށުން ކާފިއު އުވާލައިފި

އައްޑު ސިޓީގެ ބައެއް ރަށްރަށުން ކާފިއު އުވާލައިފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އައްޑޫ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެހެންނަމަވެސް ހިތަދޫ ގައި އިޢުލާން ކޮށްފައިވާ ކާފިއު އަދިވެސް އުވާނުލަ އެވެ.

ހިތަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ހިތަދޫގައި އިއުލާން ކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރުވަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރުކޮށްފަ އެވެ. އަދި ފުލުހުން ދޫކުރާ ޚާއްސަ ހުއްދަނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ ކާފިއު ކުރިންވަނީ އުވާލާފަ އެވެ.

Like
Like Love Haha Wow Sad Angry