ޚަބަރު ފީތާ

ވޯލްޑް ބޭންކުން އިންޑިއާއަށް 32 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

މި ލޯނު އެގްރިމެންޓުގައި ދެ ފަރާޓުން ސޮއި ކުރީ މިއަދު އެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނީ އިންޑިއާގެ މައި ސަރުކާރުން ވޯލްޑް ބޭންކު މެދުވެރިކޮށް ނެގި އެ ލޯނަކީ އެ ގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ މިޒޯރަމްގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ނެގި ލޯނެއް ކަމަށެވެ.

މި ލޯންގެ އެހީގެ އެ ސްޓޭޓްގެ ސަރުކާރާއި އަމިއްލަ ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ފަރުބަދަަތީ އެ ސްޓޭޓްގެ ސިޓީތަކާއި އަވަށްތަކުގައި އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ނެތެވެ. އަދި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމާއި އެހެނިހެން ކަންކަން ދިމާވުމުގެ މައްސަލަ ބޮޑެވެ.

ހާއްސަކޮށް ކޯވިޑްގެ ހާލަތުގައި އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުން އެ ސްޓޭޓްގައި ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވެ އެވެ.

މި ލޯނުގެ އެހީގައި ސިއްހީ ދާއިރާއަށް އަމާޒުކޮށް ފެންވަރު ރަނގަޅު ޕްރޮގްރާމެއް ފެށޭނެ ކަމަށް ބުނެ އެވެ.

Like
Like Love Haha Wow Sad Angry