ހއ. ދިއްދުއަށް އަރައި ފޭބުން މަނާކޮށް ކޮށްފި

ހއ. ދިއްދުއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެރަށު ކައުންސިލަށް މިހާރުވަނީ ލިޔުން ފޮނުވާފަ އެވެ.

އިޝްތިހާރު Below Header ad

އެ ލިޔުމުގައި ވަނީ މިއަދު ހެނދުނު 11:10 އިން ފެށިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް މޮނިޓަރިންނަށް ލާފައި ވަނީ ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ނެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެނައުމުން ރަށުގައި ތިބި މީހުން ފުރައިގެން އެހެން ތަނަކަށް ދިއުމާއި އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އެރުން މަނާ ވާނެ އެވެ.

މޮނިޓަރިންއަށް ލުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.