އިސްލާމިކް ފެއާރ މިއަދު ފަށަނީ..

މިނިސްސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިންތިޒާމު ކޮށްގެން ބާއްވާ އިސްލާމިކް ފެއާރ 2016 މިއަދު ފަށާނެކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާން ހިމެނޭހެން ބޮޑު ސަރަޙައްދެއްގައި ބާއްވާ މި ފެއާރގެ މަޢުލޫއަކީ “ އުޚުއްވަތްތެރިކަން – މުޖުތަމަޢުގެ ބަދަހިކަން “ މިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ބާއްވާ މި ފެއާރ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ފަހުމްވާނެހެން ރާވައިގެން ބާއްވާ މި ފެއާރގައި ސްޓޭޖު ޙަރަކާތްތަކާއި ކިޑްސް ކޯނަރ އާއި ކައުންސެލިންނާއި ތަފާތު އެތައް ޙަރަކާތްތަކެއް ހިމެނޭނެ ކަމަށް އިސްލީމިކް މިނިސްޓްރީން ބުންޏެވެ.

މި ފެއާރގެ މަޤުޞަދަކީ އިސްލާމީ ހުދޫދުގެ ތެރެއިން ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ފުރުޞަތު ދިނުމާއި އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭ ދީނީ ޚިދުމަތްތަކާއި ބެހޭގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުމެވެ.

މި އަހަރުގެ ފެއާރގައި ރީތި އަދަބުތަކާބެހޭ ފޮތްތަކާއި ދީނީ އެހެނިހެން ދާއިރާތަކުގެ ފޮތްތައްވެސް ލިބެން ހުންނާނެ ކަމަށާއި އަދި ދީނީ ކަންކަމުގައި މަޢުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާ  ފަރާތްތަކަށް ދީނީ ޢިލްމުވެރިއެއްގެ ފަރާތުން އެކަމަކާއި ބެހޭ މަޢުލޫމާތު ހޯދުމަށް ދީނީ ޢިލްމްވެރިއަކާއި ބައްދަލުކުރުމުގެ ފުރުޞަތުވެސް މި ފެއަރގައި ލިބޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ކުރެހުމުގެ ހުނަރުތައް ތަފާތު ގޮތަކަށް ދައްކާލުމާއި ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން މަދަހަ މުބާރާތެއްވެސް މި އަހަރުގެ ފެއާރގައި ކުރިއަށްދާނެ ކަމަށެވެ.

މި ފެއާރއަށް ވީހާވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިއާދު ބާޤިރު އެދިވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.