މިނީޝާއަށް ވަރުގަދަ ލަނޑެއް ލިބިފަ، ދެން ދުވަހަކުވެސް އެކްޓަރަކާއި ލޯބީގެ ގޮތުން ނުގުޅޭނެ!

ބޮލީވުޑްގެ ބަތަލާ މިނީޝާ ލަމްބާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބޮލީވުޑް އެކްޓަރަކާއި ކަމަށް އޭނާ ބުނެފި އެވެ.

ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މިނީޝާ ބުނެފައިވަނީ ދެން ދުވަހަކުވެސް އެކްޓަރަކާއި ލޯބީގެ ގޮތުން ނުގުޅޭނެ ކަމަށެވެ. އޭނާ ބުނީ ކުރީ ލޯބިވެރިޔާ އަކީ މަޝްހޫރު އެކްޓަރެއް ކަމަށާއި އެ އެކްޓަރުގެ ލޯބީގައި އޭނާ ޖައްސައި މަކަރު ހަދާ އޮޅުވާލީ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންވެ ދުވަހަކުވެސް ފިލްމު ކުޅޭ މަޝްހޫރު މީހަކު ލޯބިވެރިއަކަށް ހެދުން ނުވަތަ ފިރިއަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އޭނާއަށް ލަނޑުދިނީ ކޮން އެކްޓަރެއް ކަމެއް އަދި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރެ އެވެ.

މިނީޝާ ބުނީ އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެހެން މީހަކަށް އެ ނަސޭހަތް ނުދޭނެ ކަމަށެވެ.

މިނީޝީ ލޯބީގެ ގޮތުން މިހާރު އެހެން މީހަކާއި ގުޅިގެން އުޅޭއިރު އެއީ ކާކުކަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެއީ ލޯބިވެރިޔާގެ ޕްރައިވަސީއަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އެކަމަކު އެއީ ފިލްމީ ދާއިރާ އާއި ގުޅުން ހުރި މީހެއް ނޫން ކަމަށް ބުންޏެވެ.

މިނީޝާ މިހާތަނަށް ކޮށްފައިވަނީ އެންމެ ކައިވެންޏެވެ. 2015 ވަނަ އަހަރު ރެސްޓޯރެންޓު ވިޔަފާރީގައި އިންޑިއާގައި މަޝްހޫރު ރަޔަން ތަމް އާއި ކުރި ކައިވެނި ރޫޅުނީ މިދިޔަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.