ޚަބަރު ފީތާ

ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނު ރާއްޖެ މި ވަޑައިގަތީ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

ރައީސް ދުބާއީއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް ދުބާއީގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާ އަވަހާރަވީ އިރު އުމުރުފުޅަކީ 55 އަހަރެވެ. އަހުމަދަކީ ރައީސް ސޯލިހުގެ ހަގަށް ތިއްބެވި 8 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ރައީސް ސޯލިހުގެ ޢާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު އޭގެތެރެއިން 3 ބޭފުޅުންނަކީ ހާފިޟުން ނެވެ. އެމަނިކުފާނުގެ އާއިލާގައި ލޯފަން 4 ބޭފުޅުން ތިއްބަވާ އިރު އަހުމަދު އަކީ ވެސް ލޯފަން ބޭފުޅެކެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.