ޚަބަރު ފީތާ

މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައެއް ނުވޭ: އެމްޕީއެލް

މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މާމިގިލީ ޕޯޓާއި ގުޅޭ ގޮތުން މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭ ގޮތުން އެ ކުންފުނީގެ ސްޕޯކްސް ޕަރސަން ދާނިޝް ނިޒާމް ވިދާޅުވީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައެއް ނުވާ ކަމަށެވެ.

ނަމަވެސް، މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށްނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްއަށް ވަޒީފާއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާފައިވާ ކަމަށެވެ. އަދި މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ.

Like
Like Love Haha Wow Sad Angry