ޚަބަރު ފީތާ

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ބަލަހައްޓާނީ ކައުންސިލްތަކުން ކަމަށެވެ.

“މި ލުއި ދިން ނަމަވެސް ގެސްޓްހައުސް ހުންނަ ރަށަކުން ގެސްޓްހައުސް ނުހުންނަ ރަށަކަށް ނުދެވޭނެ. އަދި މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން އެހެން ރަށަކަށްވެސް ނުދެވޭނެ.” މަބްރޫކް ވިދާޅުވި އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިދިޔަ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ފިޔަވައި، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ ހުއްޓާލާފަ އެވެ.

އެ އެންގުމުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަކަށް ވަނީ ކުޑަކޮށްފަ އެވެ.

Like
Like Love Haha Wow Sad Angry