ޚަބަރު ފީތާ

އިންޑިއާގެ ޓަވަންގަށް ބިން ހެލުމެއް އަތުވެއްޖެ، މިއީ މި ހަފްތާގަ އިންޑިއާއަށް އައި ތިން ވަނަ ހެލުން

އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްގެ ޓައުނެއް ކަމަށްވާ ޓަވަންގަށް 4.6 މެގްނެޓިއުޑްގެ ބޭރު މިނުގައި ބިން ހެލުމެއް އައިސްފި އެވެ.

މި ބިންހެލުން އައިސްފައިވަނީ މިރޭ އިންޑިއާ ގަޑިން 10:14 ގައި އެވެ.

އިންޑިއާގެ ނެޝަނަލް ސެންޓަރު އޮފް ސީސްމޮލޮޖީ އިން ބުނީ މި ބިން ހެލުމަކީ މާ ބާރުގަދަ ބިން ހެލުމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް އެ ޓައުނަށް އެއްވެސް ގެއްލުމެއް ލިބިގެން ރިޕޯޓު ކޮށްފައެއް ނުވެ އެވެ.

މިއީ މި ހަފްތާގައި އިންޑިއާގެ އުތުރުގެ ސަރަހައްދަށް އައި ތިން ވަނަ ބިން ހެލުމެވެ. މި ދިޔަ އާދިއްތަ ދުވަހު ދެ ބިން ހެލުން އެ ސަރަހައްދުގައި ހިމެނޭ ދެ ސްޓޭޓަކަށް އައިސްފައިވެ އެވެ.

ފުރަތަމަ ބިން ހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:02 ގައި އަރޫނާޗަލް ޕްރަދޭޝްގެ ޕަންގިން އަށެވެ. އެ ބިން ހެލުން އައިސްފައިވަނީ ރެކްޓާ މިންގަޑުން 3.1 މެގްނެޓިއުޑްގެ ބާރު މިނުގައި އެވެ.

ދެވަނަ ބިން ހެލުން އައީ މަނިޕާލް ސްޓޭޓްގެ ޝިރުއި ވިލެޖަށެވެ. އެ ބިން ހެލުން އައިސްފަ ވަނީ ރެކްޓާ މިންގަޑުން 3.6 މެގްނެޓިއުޑްގެ ބާރު މިނުގައި އެވެ.

މީގެން އެއްވެސް ބިން ހެލުމަކުންވެސް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ލިބިފައެއް ނުވެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އިންޑިއާގެ ޓަވަންގަށް ބިން ހެލުމެއް އަތުވެއްޖެ، މިއީ މި ހަފްތާގަ އިންޑިއާއަށް އައި ތިން ވަނަ ހެލުން"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.