ވެެކްސިންތަކުން ޑެލްޓާ ވޭރިއަންޓަށް އަސަރު ކުރާވަރު ދަށްކަމަށް ބުނި ވާހަކަ އިންޑިއާއިން ދޮގުކޮށްފި

ދުނިޔޭގައި މިހާރު ކޯވިޑް-19 އަށް ބޭނުން ކުރަމުންދާ ވެކްސިންތަކުން ޑެލްޓާ ވޭރިއަންޓު ނުވަތަ އިންޑިއާ ވޭރިއަންޓަށް އަސަރު ކުރާވަރު ދަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނި ވާހަކަ އިންޑިއާ އިން ދޮގުކޮށްފި އެވެ.

އިންޑިއާގެ ހެލްތް ސެކްރެޓަރީ ރާޖޭޝް ބުޝާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންޑިއާގެ އުފެއްދުންތައް ކަމަށްވާ ކޮވިޝީލްޑާއި ކޮވެކްސިންއިން އިން ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ވޭރިއެންޓެއްވެސް ގައިގަން ގަޔަށް އަރާނެ ވަކި ގޮތްތަކަކެއް ކަނޑައެޅިފައި ހުންނަ ކަމަސެވެ.

އިޝްތިހާރު Below Header ad

އެކަމަކު އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ.

ޑަބްލިއުއެޗްއޯއިން އިއްޔެ ބުނީ ޑެލްޓާ ވޭރިއަންޓު ޖެހޭ މީހުންނަށް ވެކްސިން ޖަހާފައި ހުއްޓަސް ބަލީގެ އަސަރު ވަރަށް ބޮޑަށް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމަކު އަދިވެސް ވެކްސިނަކީ ބަލިތަކުން ދިފާއުވުމަށާއި މިފަދަ ގައިން ގަޔަށް އަރާ ބަލިތަކުގައި މަރުވުމުން ސަލާމަތްވުމަށް ރައްކާތެރި އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެ ޖަމިއްޔާގެ ހޯދުން ތަކަށް ބަލާއިރު ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކުރިޔަށް އޮތްތާވެސް ވެކްސިންގެ ބާރު ދައްވާވަރުގެ ވޭރިއަންޓުތައް އަންނާނެ އެވެ.

އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ 80 ގައުމަކުން ފެނިފައިވެ އެވެ. އަދި ޑެލްޓާ ޕްލަސް ވޭރިއެންޓު ނުވަ ގައުމަކުން ފެނިފައިވެ އެވެ.

އިންޑިއާއިން އަދި ޑެލްޓާ ޕްލަސް ވޭރިއެންޓުގެ ފެނިފައިވަނީ 22 ކޭސްއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.