ޚަބަރު ފީތާ

މާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލައިފި

ފައިލް ފޮޓޯ

މާލޭގައި 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުއްޖާ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ރޭ ދަންވަރު 2:30 ހާއިރު މަރާލާފައި އޮއްވަ ކަމަށް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުންނެވެ. އެ ކުއްޖާ އޮތީި މަރާލުމަށް ފަހު ފޮއްޓަކަށް ލާފަ އެވެ.

އިތުރަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި މަރާލާފައި އޮއްވަ ފެނުނީ ގދ. މަޑަވެއްޔަށް ނިސްބަތްވާ ރާއިޝް އަންވަރު ކިޔާ ކުއްޖެކެވެ.

އެ ކުއްޖާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅައިގެން ކަމަށް ބެލެވޭނެ ކަމަށް މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ. އަދި ކުއްޖާގެ ހަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށްވެސް އެމީހާ ބުނެފައިވެ އެވެ.

މި މައްސަލައިގަ ފުލުހުން ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި އެވެ.

އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Like
Like Love Haha Wow Sad Angry
1
%d bloggers like this: