ޚަބަރު ފީތާ

ޔޫރޯ 2020: ބެލްޖިއަމް ފަހަތުން ޑެންމާކް ވެސް ގަދަ 16 އަށް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ މަގާމާއެކު ބެލްޖިއަމް ދެވަނަބުރަށް ދަތުރުކުރި އިރު ދެވެނަ ޓީމެއްގެ ގޮތުގައި ޑެންމާކް ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

ޑެންމާކް އާއި ރަޝިޔާ ބައްދަލުކުރި މެޗު ނިމުނީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި ފިންލޭންޑް އަތުން ބެލްޖިއަމް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ބެެލްޖިއަމް ދެވަނަބުރަށް ދިޔައީ ކުޅުނު ތިންމެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ދެވަނަ މަޤާމާއެކު ޑެންމާކް ދެވަނަބުރަށް ދިޔައީ ކުޅުނު ތިން މެޗުގެތެރެއިން އެންމެ މެޗަކުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިންލޭންޑުވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ޑެންމާކް އަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.ރގެ ބައްޔާއެކު ރަޝިޔާ ވަނީ މުބާރާތުން ކަޓާފައެވެ.

ބެލްޖިއަމް އާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން މިހާފުގައި ދެޓީމުން ކުރެވ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ.

ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ބެލްޖިއަމްއިން ފުރަތަމަ ގޯލުޖަހާ މެޗުގެ ލީޑުނެގިއެވެ. މި ލަނޑަކީ ޑިބްރައިނާ ނެގި ކޯނަރެއް ހޯދާ ވާމެލަން ބޮލުން ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ކީޕަރުގެ އަތުގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

ބެލްޖިއަމް އިން ލީޑު ފުޅާކުރި ލަނޑު 81 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ކާމިޔާބު ކޮށްދިން ގޯލުންނެއެވެ.

ޑެންމާކް އަދި ރަޝިޔާއާ ބައްދަލުކުރި މެޗަށް ބަލާއިރު، މިއީވެސް ވަރަށް ފޯރިގަދަ މެޗެކެވެ. މި މެޗުގައި ޑެންމާކުން ތަފާތު ދެއްކިއިރު، މެޗުގެ 37 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ގޯލުޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑަމްސްގާޑްއެވެ. ޑެންމާކްއިން ލީޑު ފުޅާކުރި ގޯލު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕައުލްސަން އެވެ. މި މެޗުގައި ރަޝިޔާއަށް ސުން ކަނޑުވާލަދިން ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހީ ކެޕްޓަން ޒޫބާ އެވެ. ޑެންމާކްގެ ތިންވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއަންސަންއެވެ.ޑެންމާކުގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ މައެލޭއެވެ.

ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެ ޑެންމާކް ދެވަނަ ބުރުން ޖާގަ ހޯދިއިރު، މުބާރާތުގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ ވޭލްސްއާއެވެ.

Like
Like Love Haha Wow Sad Angry