ޕީސީއާރް 15 މެޝިން އަތޮޅުތެރެއަށް ފޮނުވަނީ!
ޕީސީއާރް 15 މެޝިން އަތޮޅުތެރެއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަާ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެ މެޝިންތައް ފޮނުވާނެ ކަމަށެވެ.
ރާއްޖެތެރެއަށް ފޮނުވާ މެޝިންތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެކެވެ.
އެހެންނަމަވެސް މި މެޝިންތައް ފޮނުވާ އަތޮޅުތަކެއް އަދި ސާފެއް ނުވެއެވެ.
މިނިސްޓަރ ނަސީމު ވިދާޅުވީ، މިހާރަކަށް އައިސް މާލެއަށް ވުރެ އަތޮޅުތެރެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޕީސީއާރު މެޝިން ނެތް ކަމަށެވެ.
ކޮންމެ އަތޮޅެއްގައި މެޝިނެއް ބެހެއްޓުމުގެ ވިސްނުން އަދި ނެތް ކަމަށާއި ނަމަވެސް މެޝިން ހޯއްދަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައިވެސް 5 ޕީސީއާރް މެޝިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
nikamethi aailaehge kids dharifulhu mishqa report kobaithoa
anekaa anethaarihu kobathoa nidhagadi report
thikanvesthi ameen huri iru
iulaankuri hadhanevani