ޚަބަރު ފީތާ

ލަންކާގައި ސިންގާއަކަށް ކޯވިޑް-19 ޖެހިގެން އިންޑިއާގެ އެހީއަށް އެދިއްޖެ

ސްރީލަންކާގެ ޒުލެންގައި ގެންގުޅޭ ސިންގާއަކަށް ކޯވިޑް-19 ޖެހިގެން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ލަންކާގެ ޒޫލޮޖިކަލް ގާޑަންގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ޒުލުން ޕޮސިޓިވްވެފައިވަނީ އުމުރުން 11 އަހަރުގެ ސިންގާއެއް ކަމަށެވެ. އޭތި ކޯވިޑަށް ޕޮސިޓިވްކަން ޔަގީން ކުރެވުނީ ދެ ފަހަރު ކޯވިޑަށް ޓެސްޓުކުރި ފަހުންނެވެ.

އެ ސިންގާގެ ފަރާތުން ފެނިފައިވަނީ އާންމުކޮށް އިންސާނުން ގައިންވެސް ފެންނަމުންދާ ރޯގާގެ އަލާމާތް ކަމަށް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އެ ސިންގާއަށް ކޯވިޑް ޖެހުމުން ފަރުވާގެ ކަންކަން ކުރިޔަށް ގެންދަނީ އިންޑިއާގެ ސެންޓްރަލް ޒޫ އޮތޯރިޓީ އާއި ގުޅިގެންނެވެ.

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ސިންގާ އާއި ކޮންޓެކްޓުވި އިތުރު ޖަނަވާރުތަކައި މުވައްޒަފުން މިހާރު އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި އިންޑިއާގެ ޒޫ އޮތޯރިޓީގެ ލަފާ އާއި އެއްގޮތަށް ކޯވިޑް ޖެެހުނު ސިންގާއަށް ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގެ ޗެންނާއީގެ ޒޫއަކުން މި މަހު ކުރީ ކޮޅު ވަނީ ކޯވިޑް-19 ޖެހިގެން 12 އަހަރުގެ ސިންގާއެއް މަރުވެފައި އެވެ. އަދި އެ ސިންގާ އާއި ކޮންޓެކްޓުވި އިތުރު ސިންގާތަކެއް ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

އޭގެ ފަހުން އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޒޫތަކުގައި ވަނީ ސިންގާ، މިނިކާވަގު އަދި އެތް ކޯވިޑަށް ޓެސްޓު ކުރަން ފަށާފައި އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: