ރައީސް ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަވަހާރަ ވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 57 އަހަރުގެ އަހުމަދު މުހައްމަދު އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދުބާއީގަ އެވެ.

އިޝްތިހާރު Below Header ad

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޢާއިލާގައި ދައުލަތުގެ އެކި ޢިދާރާތަކުގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އާދާކުރައްވާ ބޭފުޅުންނާއި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންވެސް ހިމެނޭހެން ޖުމަލް 12 ބޭފުޅުން ތިއްބަވައެވެ. ހާފިޒުންގެ ގޮތުގައި 3 ބޭފުޅުން ތިއްބަވައެވެ.

ރައީސްގެ އާއިލާގައި ހިމެނިވަޑައިގަންނަވާ 3 ހާފިޒުންނަކީ މޫސާ މުޙައްމަދު ޞާލިޙާއި އަބްދުﷲ ޝާޒްލީއާއި ހުސެއިން ޝަޔާޒެވެ. މި ހުރިހައި ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުން ނެވެ.

އަވަހާރެވި އަހްމަދު މުޙައްމަދު ޞާލިޙް ވަނީ ހާފިޒުކަމުގެ ކޯސް ކުރިޔަށް ގެންދަވާފަ އެވެ. ނަމަވެސް ދިމާވި ސިއްހީ ސަބަބުތަކަށްޓަކައި ވަކި ހިސާބަކުން ވަނީ ކިޔެވުން މަޑުޖައްސާލާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޙްމަދު މުޙައްމަދު ޞާލިޙަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގުނީ ދާދިފަހުން ނެވެ. އަދި އޭނާ ދުބާއީގައި ހުންނެވީ ބައްޔަށް ފަރުވާ ހޯދެއްވުމަށެވެ.

އޭނާ އަވަހާރަވީ ރޭގެ ވަގުތެއްގައި ކުއްލިއަކަށެވެ.

އާއިލީ ބައެއް ބޭފުޅުން އަޙްމަދުގެ ޖަނާޒާގައި ބައިވެރިވެޑައިގަތުމަށް މިއަދު ދުބާއި ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ޖަނާޒާގައި ބައިވެރިވެޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.