
ރާއްޖެއިން 187 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން 187 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވް ވީ 84 މީހުންނާއި އަތޮޅުތަކުން 91 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 7މީހުންނާއި ލައިވް ބޯޑުތަކުން 5 މީހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ރާއްޖެއިން މިހައިތަނަށް 71،896 މީހުން ޕޮޒިޓިވް ވެފައިވާ އިރު، 66،379 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
ހޮސްޕިޓަލުގައި އެންދުމަތިކޮށް 46 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، 206 މީހުން މިބަޅިގައި ރާއްޖެއިން މިހައިތަނަށް ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/BZHVe1CNXt
— Health Protection Agency (@HPA_MV) June 20, 2021