އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޔޫއޭއީގެ މަޝްހޫރު އެކްޓިވިސްޓު އާލާ އެކްސިޑެންޓެއްގައި މަރުވެއްޖެ

ޔުނައިޓެޓް އަރަބި އެމިރޭޓްސް (ޔޫއޭއީގެ) މަޝްހޫރު އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓު އާލާ އަލް ސިއްދީގު މަރުވެއްޖެ އެވެ.

އޭނާ މަރުވީ އިނގިރޭސިވިލާތުގެ ލަންޑުގައި ހިނގި ކާރު އެކްސިޑެންޓެއްގައި މިއަދު އެވެ. އާލާ މަރުވިކަން ހާމަ ކުރީ އޭނާ އިސްމަގާމެއް އަދާ ކުރާ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ކުރިއެރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އޭއެލްްކިއުއެސްޓީންނެވެ.

އިޝްތިހާރު Below Header ad

އާލާ އަކީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރެވެ. އެ ޖަމިއްޔާއިން ބުނީ އާލާ ނެތުމަކީ ޖަމިއްޔާ ހިންގުމާއި ހަރަކާތްތެރިކަމަށް ފަޅުކަން ލިބޭނެ ކަމެއް ކަމަށެވެ.

އާލާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގައި ކުރިއަށް ނުކުމެ ގަލްފް ގައުމުތަކުގައި މަޝްހޫރުކަން ހޯދީ އޭނާގެ ބައްޕަ އެ މަސައްކަތުގައި ޔޫއޭއީގައި ޖަލަށްލީ ފަހުން 2013 ވަނަ އަހަރު އެވެ. އެ މަސައްކަތުގެ ސަބަބުން ޔޫއޭއީ ސަރުކާރުގެ ފިއްތުންތަކާއި ހެދި ނޫޅެވިގެން އާލާ އާއި އޭނާގެ ފިރިމީހާ ވަނީ 2015 ވަނަ އަހަރު ގަތަރުން ހިމާޔަތް ހޯދާފައި އެވެ.

އާލާ މިއަދު މަރުވި އިރު އޭނާ އިސްވެ ހިންގާ ޖަމިއްޔާއަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ އޭނާ ދުނިޔެ ދޫކޮށް ދިއުމާއި ހަމައަށްވެސް ބައްޕަ މިނިވަން ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އެވެ.

އަލާ ގަތަރުން ހިމާޔަތް ހޯދުމުން ޔޫއޭއީން ވަނީ އާލާ އެގައުމާއި ހަވާލު ކުރުމަށް ގަތަރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި އެވެ. އެކަމަކު އެކަމަށް ގަތަރުން އޭރު އިޖާބަ ދީފައެއް ނުވެ އެވެ.

ގަތަރުން އޭނާ ހިމާޔަތް ހޯދީ އެ ގައުމުގައި އާއިލާގެ މީހުން ތިބުމުން އެމީހުންގެ އެހީތެރިކަމާއި އެކު ކަމަށްވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.