ޔޫރޯ 2020: (ގުރޫޕް އޭ) ސްވިޒަލެންޑް – ތުރުކީ

ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ ފަހު މެޗުގައި މިރޭ ނުކުންނާނީ ސްވިޓްޒަލެންޑާއި ތުރުކީއެވެ. މިރޭ ސްވިޒަލެންޑާއި ތުރުކީ ގުރޫޕް ސްޓޭޖުގެ ފަހުމެޗަށް ނިކުންނައިރު، މި މުބާރާތުގައި ސްވިޓްޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި އިޓަލީއާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ތުރުކީން ވަނީ ފުރަތަމަ ކުޅުނު މެޗުން އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ވޭލްސްއާއި ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިރޭގެ މި މެޗަށް މި ދެޓީމު ނިކުންނައިރު، މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު އެންމެ ބޮޑީ ސްވިޓްޒަލެންޑަށެވެ. އެކަމަކު އެއީ އިޓަލީ އަތުން ވޭލްސް މޮޅުވެ ހަތަރު ޕޮއިންޓް ހަމަކޮށްފިނަމައެވެ. މިރޭގެ މި މެޗުން ތުރުކީ މޮޅުވި ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ފުރުސަތެއް ނެތެވެ.

އިޝްތިހާރު Below Header ad

މި ވަގުތު ގްރޫޕް އޭ އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކު އޮތީ އިޓަލީއެވެ. ދެވަނައިގައި އޮތް ވޭލްސް އަށް ލިބިފައިވަނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ސްވިޒަލެންޑަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގުރޫޕުގެ ފުލުގައި ތުރުކީ އޮތީ ދެ މެޗު ކުޅެ ދެމެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބިއެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ.

ތުރުކީ އާއި ސްވިޒަލެންޑްގެ ތާރީޚީ ބައްދަލުކުރުންތައް

ސްވިޒަލެންޑް އަދި ތުރުކީ މީގެ ކުރިން 15 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން 8 ފަހަރު ތުރުކީ މޮޅުވެފައިވާއިރު، ސްވިޒަލެންޑް މޮޅުވެފައިވަނީ ހަތަރު ފަހަރުއެވެ. ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ދެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތައް

ސްވިޒަލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ތުރުކީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، ދެމެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.