އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދީފި

އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

އެމްއެންޑީއޭ އިން މި ހުއްދަ ދިނީ މިއަދު އެވެ.

އިޝްތިހާރު Below Header ad

އެ އިދާރާއިން ބުނީ މި ހުއްދަ ދީފައިވަނީ މިހާރުއޮތް ހާލަތަށް ރިޔާޢަތްކޮށް، “ރެސްޓްރިކް ޔޫޒް އިން އިމަޖެންސީ ސިޓުއޭޝަން” ގައި ބޭނުން ކުރުމަށް ކަމަށެވެ. އަދި މި ވެކްސިން ދޭނީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

މިއީ ކޮވިޑުގައި ބޭނުން ކުރުމަށް ރާއްޖެއިން ހުއްދަ ދިން ހަތް ވަނަ ވެކްސިނެވެ.

މިހާރު ރާއްޖޭގައި ހުއްދަ ދީފައިވާ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް ވެކްސިނާއި، ސައިނޯފާމް ވެކްސިންގެ އިތުރުން މޮޑާނާ، ފައިޒާ، ސްޕަޓްނިކް އަދި ޖޯންސަންގެ ވެކްސިން ހިމެނެ އެވެ.

ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

8 ޑިގްރީ އާއި 2ޑިގްރީ އާއި ދެމެދުގެ ފިނިހޫނުމިނުގައި ބަހައްޓަން ޖެހޭ އެސްޓްރަޒެނެކާ ވެކްސިން މިހާރުވެސް 115 ގައުމެއްގައި އަންނަނީ ބޭނުން ކުރަމުން ނެވެ.

އެ ވެކްސިނުގެ 700،000 ޑޯޒް ގަތުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.