ޚަބަރު ފީތާ

ނިއު ޔޯކް ދަތުރުފުޅަށް ފަހު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންފި

ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތުގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައިއާ ވާދަކުރައްވާ، މިނިސްޓަރ ޝާހިދު އދ. ގެ ރިޔާސަތަށް ހޮވިވަޑައިގަތީ 143 ވޯޓުގެ އަޣުލަބިއްޔަތަކުން ނެވެ.

މިމަހުގެ 7 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން, މިނިސްޓަރ ޝާހިދު ވަނީ އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އަބޫދާބީގައި ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝެއިޚު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

އޭޝިއާ-ޕެސިފިކް ގްރޫޕުން ރިޔާސަތު ބަަލަހައްޓަން ޖެހޭ ދައުރުގައި ފޮރިން މިނިސްޓަރ ޝާހިދު ރިޔާސަތަށް ނޮމިނޭޓް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ދައުރު ފެށޭނީ 14 ސެޕްޓެމްބަރު 2021 ގަ އެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް އދ. ގެ ރިޔާސަތު ބަލަހައްޓާ ޤައުމަކަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރަކު ހޮވުނު ފުރަތަމަ ފަހަރެވެ.

Like
Like Love Haha Wow Sad Angry