ޚަބަރު ފީތާ

ދުނިޔޭގެ ބާޒާރުގައި އަގު އުފުލި، އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފި

ދުނިޔޭގެ ބާޒާރުގައި އަގު އުފުލި، އެސްޓީއޯއިންވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު ނިންމި، ނިންމުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 20 ޖޫން ފެށިގެން އަގަށް ގެނެވުނު ބަދަލާ ގުޅިގެން އެސްޓީއޯއިން ވަނީ ޓްވީޓެއް ވެސް ކޮށްފަ އެވެ.

މި ގެނައި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.93 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 ލާރި އިތުރުވެގެންދާނެ އެވެ.

އެހެންކަމުން ޑީސަލް ލިޓަރެއްގެ އަގަކީ 10.72 އެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 9.74 އަށް ބަދަލުވާ އިރު، ޕެޓްރޯލް ލިޓަރެއް ވިއްކަމުންދާނީ 9.74 އަށެވެ.

އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މާރިޗު މަހު އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ދުނިޔޭގެ ބާޒާރުގައި އަގު އުފުލި، އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.