އިނގިރޭސިވިލާތަށް ކޯވިޑް-19ގެ ތިން ވަނަ ރާޅު އަރަމުންދާ ކަމުގެ އިންޒާރު ދީފި

ކޯވިޑް-19 ގެ ތިން ވަނަ ރާޅު އިނގިރޭސިވިލާތަށް އަރަމުންދާ ކަމުގެ އިންޒާރު އެ ގައުމުގެ ސައިންސްވެރިން ދީފި އެވެ.

މި މަހު ކުރީ ކޮޅު އެ ގައުމުގައި ކޯވިޑްގެ ކޭސްތައް ވަރަށް މަދުވި އެވެ. އެއީ ބަލި ކޮންޓްރޯލް ވަމުންދާ ކަމުގެ އަލާމާތެއް ކަމަށް ސަރުކާރުން އިއުލާނު ކުރުމުން ސައިންސްވެރިން ވަނީ އެއީ ހާލަތު ރަނގަޅުވީ ކަމަށް ނުދެކެ ފިޔަވަޅުތަކަށް ލުއި ނުދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

އިޝްތިހާރު Below Header ad

އިނގިރޭސިވިލާތުގައި ކޯވިޑް-19 އާއި ގުޅިގެން ސަރުކާރަށް ލަފާދޭ ސައިންސްވެރިންގެ ޓީމުން މިއަދު ބުނީ އެ ގައުމަށް މިހާރު ތިން ވަނަ ރާޅު އަރަމުންދާތީ އެކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. މި އިންޒާރު ދިނީ އިނގިރޭސިވިލާތުން ޑެލްޓާ ވޭރިއަންޓު ނުވަތަ އިންޑިއާ ވޭރިއަންޓް ފެނިފައިވާތީ އެވެ.

ސައިންސްވެރިން ބުނީ ފިޔަވަޅުތަކަށް ލުއި ދިނުން މަޑުޖައްސާލައި ބޮޑެތި ހަރަކާތްތައް ފެށުން ލަސްކުރާން ޖެހޭ ކަމަށެވެ. އެ ޓީމުން ބުނީ ވެކްސިން ޕްރޮގްރާމް ކިތަންމެ ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދިޔަޔަސް ޑެލްޓާ ވޭރިއެންޓާއި އެކު ތިން ވަނަ ރާޅު ނާރާ ނުދާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން ކޯވިޑް-19އަށް ޕޮސިޓިވްވި 99 ޕަސެންޓު މީހުންގެ ގައިން ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ.

އެ ޓީމުން ބުނީ ޑެލްޓާ ވޭރިއަންޓަށް ޕޮސިޓިވްވަނީ ގިނައިން އުމުރުން 16-25 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށެވެ. އެކަމަކު އެ ވޭރިއަންޓު ޖެހޭ އުމުރުން ދުވަސްވީ މީހުން ގިނަވާން ފަށައިފި ނަމަ ހޮސްޕިޓަލްތައް ފުރި މަރުވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާނެ ކަމަށެވެ.

ކޯވިޑްގެ ދެވަނަ ރާޅު އިނގިރޭސިވިލާތަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުން ފެނުނު އަލްފާ ވޭރިއެންޓާއި އެކު އެވެ. އެ ރާޅާއި އެކު މިދިޔަ ޖެނުއަރީ މަހު ވަނީ މިދިޔަ އަހަރު ފުރަތަމަ ކޯވިޑް ފެތުރެން ފެށުމުން އެ ގައުމު ވެއްޓުނު ހާލަތަށް ވެއްޓިފައިއެވެ.

އޭގެ ފަހުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ހާލަތު ރަނގަޅުވާން ފެށީ ވެކްސިންދިން މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.

އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން 30.8 މިލިއަން މީހުންވަނީ ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައި އެވެ.

މިހާތަނަށް އެ ގައުމުން ކޯވިޑް ޖެހިފައިވަނީ 4.61 މިލިއަން މީހުންނަށެވެ. އޭގެ ތެރެއިން 128،000 މީހުން މަރުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.