ޚަބަރު ފީތާ

އެމެރިކާގެ ރައީސް ބައިޑަން ވައިޓް ހައުސްގައި ގެންގުޅޭ އެންމެ ލޯބިވާ ކުއްތާ މަރުވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެންމެ ލޯބިވާ ކުއްތާ މަރުވެއްޖެ އެވެ.

“ޗެމްޕް” ގެ ނަން ކިޔާ އެ ކުއްތާ މަރުވިކަން ރައީސް ބައިޑަން ހާމަ ކުރީ ރަަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށެވެ.

އެމަނިކުފާނު ވިދާޅުވީ އެ އާއިލާއިން ވަރަށް ލޯބިވާ “ޗެމްޕް” މިއަދު މަރުވެފައިވާ ކަމަށެވެ. އަދި ވަރަށް ބޮޑަށް އެ ކުއްތާ މަތިން ހަނދާން ވާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރައީސްކަން ލިބުމުން ވައިޓް ހައުސްއަށް ދިރިއުޅުން ބަދަލު ކުރެއްވި އިރު ރައީސް ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑެން އާއި އެކު އެ ކުއްތާ ވައިޓް ހައުސްއަށް ގެންދެވި އެވެ. އަދި ފަހުން އިތުރު ކުއްތާ އަކާއި ބުޅަލެއްވެސް ވައިޓް ހައުސްގައި ގެންގުޅެން ގެންދިޔަ އެވެ.

އެ ޖަނަވާރުތަކުގެ ތެރެއިން ބައިޑަންގެ ދެމަފިރިކަނބަލުންނަށް އެންމެ ހާއްސައީ މިއަދު މަރުވި “ޗެމްޕް” އެވެ. ބައިޑަން އެ ގައުމުގެ ނައިބު ރައީސް ކަމުގައި ހުންނެވި އިރުވެސް އެ ކުއްތާ ގެންގުޅެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތޮތުގައި އެ ކުއްތާ އަކީ ބައިޑަންގެ ހުރިހާ ކާމިޔާބަކާއި ނާކާމިޔާބީއަކާއި ކުރިމަތިލީ އިރު އަބަދުވެސް ކައިރީގައި ގެންގުޅުނު އެއްޗެކެވެ. އެހެންވެ އެ އާއިލާއިން ހާއްސަ ލޯތްބެއް އެ ކުއްތާއަށް ދެ އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އެމެރިކާގެ ރައީސް ބައިޑަން ވައިޓް ހައުސްގައި ގެންގުޅޭ އެންމެ ލޯބިވާ ކުއްތާ މަރުވެއްޖެ"

  1. Edhen koacheh

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.