ޚަބަރު ފީތާ

ރާއްޖެއިން ކޮވިޑަށް މިއަދު ޕޮޒިޓިވް ވީ 211 މީހުން

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 211 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 54 މީހުންނާއި އަތޮޅުތަކުން 132 މީހުން ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 25 މީހުން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ ޢަދަދާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 71،709 އެވެ. އެކްޓިވް ކޭސް ގެ ގޮތުގައި 5،403 ހުރި އިރު، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 46 މީހަކަށް އަންނަނީ ފަރުވާ ދެމުން ނެވެ.

ކޮވިޑު ބަލިން 66،090 މީހުން ރަނގަޅުވެފައިވާ އިރު، ރާއްޖެއިން މިހައިތަނަށް 206 މީހުން ވަނީ ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry