ރައީސް ނަޝީދުގެ ސެކިއުރިޓީގެ މައްސަލައިގަ ހޯމް މިނިސްޓަރ އިމްރާން 241 ކޮމެޓީއަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކޮމެޓީއަށް ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އަށް މިނިސްޓަރ އިމްރާން ހާޒިރުކޮށްފައިވަނީ އޭނާއަކީ ފުލުހުންގެ މުއައްސަސާގެ ކަންކަމާއި ހަވާލުވެ ހުންނަވާ ވަޒީރަ ކަމަށްވާތީ އެވެ.

އިޝްތިހާރު Below Header ad

އެ މައްސަލައިގާ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުވެސް ވަނީ އެކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މިހާތަނަށް ވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.

ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި އިންކުއެރީއަށް ބޭނުންވާ މައުލޫމާތު އެކިއެކި މުއައްސަސާތަކުންނާއި އެކިއެކި ފަރުުދުންގެ ފަރާތުން ލިބެންވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިފަދަ އިންކުއުރީއެއް ހިންގާ މިއީ ފުރަތަމަ ފަހަރު ކަމަށާއި އަލަށް ކަންކަން ކުރާއިރު، މުއާމަލާތް ކުރުމުގައި މައްސަލަތަކެއް ދިމާވެދާނެކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ. އަދި ދިމާވާ ބައެއް ކަންކަންމާއި، އިދާރީ މައްސަލަތައްވެސް ހުންނާނެ ކަމަށެވެ.

ނަމަވެސް އެކަންކަން ބަލަން އުޅުމަށްވުރެ އިންކުއަރީ ކުރިއަށްގެންދިއުން މުހިންމުކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ އިންކުއަރީ ނިމި ނެރޭ ރިޕޯޓަކީ ފުރިހަމަ ރިޕޯޓަކަށްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.