ޕްރިޔަންކާގެ ލޯބިވާ ތިން ކުއްތާއަށް ހާއްސަކޮށް ފައިގަ ޓެޓޫތަކެއް ޖަހައިފި

ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކަާ ޗޯޕްރާ ޖޯނަސް އޭނާގެ ތިން ކުއްތާއަށް ހާއްސަކޮށް ފައިގަ ޓެޓޫތަކެއް ޖަހައިފި އެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނިކޮށްގެން އުޅޭ ޕްރިޔަންކާ މިދުވަސްވަރު ދިރިއުޅެމުންދަނީ މަސައްކަތެއްގައި އިނގިރޭސިވިލާތުގައި އެވެ. ޕްރިޔަންކާގެ ދިރިއުޅުމުގައި ނިކް އާއި އެއްވަރަށް އޭނާ ގެންގުޅޭ ކުއްތާތަކަކީ ހާއްސަ ލޯތްބެއް އޮންނަ އެއްޗެހިތަކެކެވެ.

އިޝްތިހާރު Below Header ad

ޕްރިޔަންކާ ތިން ކުއްތާ ގެންގުޅެ އެވެ. އެއީ ޕާންޑާ، ދިއާނާ އަދި ގީނޯ އެވެ.

ޕްރިޔަންކާ އިންސްޓްގާރް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓެއްގައި ދައްކާލާފައިވަނީ އޭނާގެ ފައިތިލައެވެ. ވަރަށް ރީތިކޮށް ނިޔަފަތީގައި ކުލަޖައްސާލާފައި ހުރި އިރު އެއް ފަރާތުގައި ކުއްތާގެ ފައިގެ ފާހަގަ ހެން ތިން ޓެޓު ޖަހާފައި އިނެވެ. އަދި ބުނެފައިވަނީ އެއީ “ސަމާ ނެއިލްސް، ސަމާ ޓެޓޫ” ކަމަށެވެ.

Priyanka Chopra new tattoo
ޕްރިޔަންކާ ކުއްތާތަކަށް ހާއްސަކޮށް ފައިގަ ޓެޓޫ ޖަހާފައި —

ޕްރިޔަންކާ އަކީ ދިރިއުޅުމުގެ އުފާވެރި ހުރިހާ ވަގުތެއް އިންސްޓަގްރާމްގައި ހިއްސާ ކުރާ މީހެކެވެ. އޭގެ ތެރޭގައި ކުއްތާތަކާއި އެކު ހޭދަ ކުރާ ވަގުތު ވަރަށް ގިނައިން ހިއްސާ ކޮށްފައި ހުރެ އެވެ.

މީގެ އިތުރުން އޭނާގެ ވަރަށް ގިނަ ފޮޓޯ ޝޫޓްތަކުގައި ކުއްތާ ގެންގުޅެއެވެ. އަދި ބައެއް ފަހަރު ބޭރަށް ދާއިރު އޭނާގެ ހެދުމާއި ގުޅޭހެން ކުއްތާ ހެދުން އަޅުވާ ހަދަ އެވެ. އެންމެ ގިނައިން ޕްރިޔަންކާ ބޭރަށް ގެންދާ ދިއާނާ އެވެ.

ޕްރިޔަންކާ ގޭގައި ގެންގުޅޭ ތިން ކުއްތާގެ ތެރެއިން ގީނޯ އަކީ ނިކް އާއި ދެމީހުންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަހު ހަދިޔާއަކަށް ޕްރިޔަންކާ ނިކްއަށް ދިން ކުއްތާ އެކެވެ.

މީގެ އިތުރުން ޕްރިޔަންކާ އަކީ އޭނާ މާބޮޑަށް ލޯބިވާ ފަރާތެއް ނުވަތަ އެއްވާނަމަ އެ ކަމެއް ހަށިގަނޑުގައި ފާހަގަކޮށްލާ މީހެކެވެ. މީގެ ކުރިން އޭނާ ވަނީ ބައްޕަ ޑރ. އަޝޯކް ޗޯޕްރާ މަރުވުމުން ގައިގަ “ޑެޑީސް ލިޓްލް ގާލް” ލިޔެ ޓެޓޫއެއް ޖަހާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.