މެލޭޝިއާގައި ކޯވިޑް-19ގައި މަރުވާ ކުޑަކުދިންގެ އަދަދު އިތުރުވާތީ ކަންބޮޑުވުން

މެލޭޝިއާގައި ކޯވިޑް-19 ގައި މަރުވާ ކުދަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު މެލޭޝިއާގައި ކޯވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން ފަސް އަހަރުން ދަށުގެ ތިން ކުދިންނެވެ. އެކަމަކު މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި މެލޭޝިއާއިން ވަނީ ކޯވިޑް ޖެހިގެން ހަމަ އެ އުމުރުފުރާގެ ތިން ކުދިން މަރުވެފައި އެވެ.

އިޝްތިހާރު Below Header ad

މެލޭޝިއާގެ ހެލްތް މިނިސްޓްރީން ބުނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ކުޑަކުދިންގެ މެދުގައި ކޯވިޑް ފެތުރޭ ވަރު އިތުރުވެ އައިސީޔޫގައި ފަރުވާ ދޭންޖެހޭ ކުދިންގެ އަދަދުވެސް މިއަހަރު އިތުރުވަމުންދާ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ފަސް މަހު 19 އަހަރުން ދަށުގެ 32 ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ކަމަށެވެ.

އަދި މިދިޔަ މަހެއްހާ ދުވަހު އެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މިދިޔަ މަހެއްހާ ދުވަހު ކުޑަކުދިންނަށް ކޯވިޑް ޖެހުނު އަދަދާއި މަރުވި އަދަދުތައް ވަކިން ހާމައެއް ނުކުރެ އެވެ.

ހެލްތް މިނިސްޓްރީން ވަނީ ކުދިންގެ ސާފުތާހިރު ކަމާއި އާންމު ތަންތަނަށް ނުނެރުމަށާއި އެނޫންވެސް ރައްކާތެރިކަމުގެ ގޮތުން ރަނގަޅު ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް މެލޭޝިއާގެ 82،341 ކުޑަކުދިންނަށް ކޯވިޑް ޖެހިފައިވެ އެވެ.

މެލޭޝިއާގައި ކޯވިޑް ފެތުރުން މިހާރު ވަނީ އަނެއްކާވެސް އިތުރުވެފައިވެ އެވެ. އެހެންވެ މިމަހުގެ ފުރަތަމަ 14 ދުވަސް މުޅި ގައުމު އޮތީ އެއްކޮށް ލޮކްޑައުންކޮށްފައި އެވެ.

މިހާތަނަށް މެލޭޝިއާއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 685،204 މީހުންނެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 4،276 މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.