އުރީދޫއިން ހަންގާމާ ޕްރޯ ރާއްޖެއަށް ތަޢާރަފްކޮށްފި

އުރީދޫއިން ހަންގާމާ އާއި ގުޅިގެން، މަގްބޫލް މޮބައިލް އެޕްލިކޭޝަން ހަންގާމާ މިއުޒިކް ޕްރޯ ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް، ހަންގާމާ ޕްރޯ ފަސޭހަކަމާއި އެކު ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި، ބޮލީވުޑް އަދި އިންޓަރނޭޝަނަލް ޗާޓުތަކުން ހޮވާލެވިފައިވާ 3.5 މިލިއަންއަށް ވުރެ ގިނަ ލަވަ އަޑު އަހާ، އެ ލަވަތައް ޑައުންލޯޑް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އިޝްތިހާރު Below Header ad

އަދި އެންމެ ފަހުގެ ބޮލީވުޑާއި އިންޓަރނޭޝަނަލް މިއުޒިކް ހައި ކޮލިޓީގައި މޮބައިލް ފޯނުން އަޑު އަހާލުމުގެ ހިތްހަމަޖެހުން ހަންގާމާ މިއުޒިކް ޕްރޯ އިން ލިބިގެންދާނެއެވެ. މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި އަޑުއަހާލުމުގެ އުފާވެރިކަން ލިބިގެންދާނެއެވެ.

ހަންގާމާ ޕްރޯ އަށް އަޕްގްރޭޑް ކުރެއްވުމާއެކު ހައި ކޮލިޓީގައި އެތައް މިލިއަން އޯޑިއޯއެއް ޑައުންލޯޑް ކުރުމުގެ ފުރުޞަތު ލިބި، އެންމެ ކަމުދާ ލަވަތައް އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އަދި އެއްވެސް އިޝްތިހާރެއް ނުވަތަ މެދުކެނޑުމަކާއިނުލާ މިއުޒިކް އަޑުއަހާލުމުގެ ފަސޭހަކަން ހަންގާމާ ޕްރޯ އިން ލިބިގެންދާނެއެވެ.

އުރީދޫއިން ހަންގާމާ މިއުޒިކް ޕްރޯއަށް ސަބްސްކްރައިބް ކުރުމަށް 3 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.

 

ސަބްސްކްރައިބް ކުރެއްވުމަށްއަގުޕެކޭޖް
 އަށް އެސްއެމްްއެސް ކުރަށްވާ 4725 ޖެއްސެވުމަށްފަހު “SUB H1”ދުވާލަކު 2 ރުފިޔާހަންގާމާ މިއުޒިކް ޕްރޯ – ޑެއިލީ
އަށް އެސްއެމްއެސް ކުރަށްވާ 4725 ޖެއްސެވުމަށްފަހު “SUB H2”ހަފްތާއަކު 8 ރުފިޔާހަންގާމާ މިއުޒިކް ޕްރޯ – ވީކްލީ
އަށް އެސްއެމްއެސް ކުރަށްވާ 4725 ޖެއްސެވުމަށްފަހު “SUB H3”މަހަކު 25 ރުފިޔާހަންގާމާ މިއުޒިކް ޕްރޯ – މަންތްލީ

 

ކުރިއަށްއޮތް ތަނުގައިވެސް އުރީދޫއިން މަސައްކަތްކުރަމުން ގެންދާނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން ކަސްޓަމަރުންނަށް ކަމުދާ ޚިދުމަތްތަކާއި އެޕްތައް މެދުވެރިކޮށް، އިތުރަށް ފުރިހަމަ ޑިޖިޓަލް އެކްސްޕިރިއަންސްއެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކަމަށް އުރީދޫއިން ހާމަކުރެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.