ޚަބަރު ފީތާ

ސަލްމާންގެ ފުރަތަމަ ބަޔޯޕިކް، އިންޑިއާގެ އެންމެ މަޝްހޫރު ޖާސޫސުގެ ހަޔާތުގެ މައްޗަށް!

ބޮލީވުޑުޑްގައި މަސައްކަތް ކުރާތާ 32 އަހަރު ފަހުން ފުރަތަމަ ބަޔޯޕިކްއަށް ސަލްމާން ހާން ތައްޔާރުވާން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަމްމާނަށް ބަޔޯޕިކްއެއް ހުށަހެޅީ ޑައިރެކްޓަރު ރާޖް ކުމާރު ގުޕްތާ އެވެ. ސަލްމާން ފިލްމު ގަބޫލު ކުރުމުން އޭނާ ހުރީ ވަރަށް ހިތް ހަމަޖެހިފައި އެވެ.

ޑައިރެކްޓަރު ގުޕްތާގެ ބަޔޯ ޕިކް އަކީ އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ޖާޖޫސް ކުރާ މީހާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެއީ ރަވިންދުރަ ކައުޝިކް އެވެ. އޭނާ އާންމުންގެ މެދުގައި މަޝްހޫރީ ބްލެކް ޓައިގާގެ ނަމުންނެވެ.

އެހެން ބަޔޯޕިކްތަކުގައި އެ މީހުންގެ ނަމާއި ގުޅުވައި ނަން ދިނަސް މި ފިލްމަށް ރަވިންދުރަގެ އާންމު ނަން ކަމަށްވާ “ބްލެކް ޓައިގާ” އެއް ނުކިޔާނެ އެވެ. އެއީ ސަލްމާންގެ އެހެން ފިލްމުތަކުގެ ނަމުގައި ޓައިގާ ބޭނުންކޮށްފައިވުމުންނެވެ.

މީގެ ކުރިން ސަލްމާން ޖާސޫސް ކުރުމުގެ ރޯލުތައް ކުޅެފައި ވިޔަސް ރަވިންދުރަގެ ދިރިއުޅުމުގައި ހިނގާދިޔަ ކަންކަން ފިލްމެއްގެ ގޮތުގައި ގެނައުން ސަލްމާނަށް ތަފާތު މަސައްކަތަކަށް ވާނެ އެވެ. ފިލްމު “ޓައިގާ ސިންދާ ހޭ” ފަދަ ފިލްމުތަކުގައިވެސް އޭނާ ކުޅެފައިވަނީ ޖާސޫސެއްގެ ރޯލެވެ

މި ފިލްމުގެ މަސައްކަތް ސަލްމާން ފަށާނީ މިހާރު އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ޝޫޓިންތައް ނިމުމުންނެވެ. އޭގެ ތެރޭގައި ފިލްމު “ޓައިގާ 3” ގެ މަސައްކަތް ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: