ސްޕޮންސަރުންގެ ބުއިންތައް ދުރަށްލާ މައްސަލާގައި ޔޫއެފާ ރުޅިގަދަވެއްޖެ

މިހާރު ކުރިޔަށްދާ ރޯ 2020 ފުޓުބޯޅަ މުބާރާތުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މޭޒުމަތީގައި ބަހައްޓާފައި ހުންނަ ސްޕޮންސަރ ބުއިންތައް ނަގާ މައްސަލައިގައި ޔޫއެފާ ރުޅިގަދަ ވެއްޖެއެވެ.

މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބަހައްޓާފައި ހުންނަ ސްޕޮންސަރުންގެ ޕްރޮޑަކްޓް ޓީވީ އަށް ނުފެންނަ ގޮތަށް ދުރަށް ޖައްސާފައެވެ.

އިޝްތިހާރު Below Header ad

އެގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހަންގޭރީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަހައްޓާފައި ހުރި ކޯކް ފުޅިތައް ދުރަށްލުމަށް ފަހު ފެން ބުއިން މާ ރަނގަޅު ކަމަށް ބުނެފައިވެ އެވެ. ރޮނާލްޑޯ އެ ފުޅިތައް ދުރަށް ޖައްސާލި ފަހުން ހިއްސާގެ ބާޒާރުގައި ކޮކާކޯލާ އަށް ހަަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއްވީ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރޮނާލްޑޯ އަށް ފަހުން އިޓަލީގެ ތަރި މެނުއަލް ލޮކަޓެލީ ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯކުފުޅިތައް ދުރަށް ލައިފަ އެވެ. އަދި ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ހެނިކެން ބިޔަރު ފުޅިތައް ދުރަށް ޖައްސައިފަ އެެެވެ.

އެހެންކަމުން މިފަދަ އަމަލުތައް ހިންގާނަމަ އެފަދަ ޓީމުތަކާއި މެދު ފިޔަވަޅު އަޅާނެެކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ.

ޔޫއެފާއިން ބުނީ ހެނިކެން އާއި ކޮކާކޯލާ އަކީ ޔުއެފާގެ އެކި މުބާރާތްތަކުގެ ބޮޑެތި ސްޕޮންސަރުން ކަމަށާއި އެފަދަ ސްޕޮންސަރުން އިޝްތިހާރު ކުރުމުގެ ބޭނުމުގައި ބަހައްޓާ އެ ފަދަ ޕްރޮޑަކްޓްތައް ދުރަށްލުންއެއީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށްވެސް ޔޫއެފާއިން ބުނެއެވެ.

ޔުއެފާ އިން ބުނެފައިވަނީ ދެން އެ ފަދަ ކަމެއް ތަކުރާރުކުރާ ޓީމެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. ޔޫއެފާއިން ބުނީ ޖޫރިމަނާ ކުރާނީ އެ އަމަލު ހިންގި ކުޅުންތެރިން ނޫން ކަމަށާއި ޖޫރިމަނާ ކުރާނީ އެ ކުޅުންތެރިއަކު ހިމެނޭ ޓީމް ކަމަށެވެ.

“އަހަރެމެން ސީދާ ކުޅުންތެރިންނެއް ޖޫރިމަނާއެއް ނުކުރާނަން. އަހަރެމެން އެކަން ކުރާނީ އަހަރެެމެންގެ މެމްބަރު އެސޯސިއޭޝަންތައް މެދުވެރިކޮށް. އެއީ ގައުމުތަކަށް. މީގެ އެ ޓީމަކުން ވަކި ކުޅުންތެރިއަކާ ފިޔަވަޅު އެޅުމަކީ ޔުއެފާގެ ބޭނުމެއް އޮތް ކަމެއް ނޫން. ޔުއެފާ އިން ބޭނުންވަނީ މެމްބަރު އެސޯސިއޭޝަންތަކުން ޝާމިލުވެގެން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ވެފައި އޮންނަ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަން،” ޔުއެފާ އިން ޔޫރޯ 2020 މުބާރާތުގެ ޑިރެކްޓަރަކަށް ހަމަޖައްސާފައިވާ މާޓިން ކެލަން ވިދާޅުވި އެވެ.

ޔޫއެފާގެ މިފަހަރުގެ މުބާރާތުގެ ޑިރެކްޓަރ މާޓިން ކެލަން ވިދާޅުވީ ޓީމުތައް ޖޫރިމަނާކުރަން ނިންމާފައިވާއިރު، މިއީ މުބާރާތުގެ ކުރިން ވެސް މެމްބަރު އެސޯސިއޭޝަންތަކުން ޔުއެފާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވެސް ހިމަނާފައިވާނެ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.