ކްލައިމެޓް ޗޭންޖުގެ ދެވަނަ ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ނެރެފި

ކްލައިމެޓް ޗޭންޖުގެ ދެވަނަ ނޭޝަނަލް ކޮމިއުނިކޭޝަން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ނެރެދެއްވައިފިއެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާނޭދެވޭ އަސަރުތަކާއި ބެހޭ މަޢުލޫމާތާއި ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ނެރުނު ރިޕޯޓެކެވެ.

އިޝްތިހާރު Below Header ad

އެގޮތުން މިއަދު މިނެރުނު ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އ.ދ ގެ މޫސުމާބެހޭ މުޢާހަދާ، ޔުނައިނެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ) އަށް ހުށަހެޅުމަށް ތައްޔާރު ކުރި ރިޕޯޓެކެވެ.

މިރިޕޯޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ މައްޗައް ވަރަށް ރަނގަޅަށް ބަލާލާފައިވާ އިރު، ރައްކާތެރިވުމުގެ ގޮތުން ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ އަހަރީ ޖަލްސާތައް މޮރޮކޯގައި އަންނަ ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިދިޔަ އަހަރު އެކުލަވާލި ޕެރިސް އެގްރީމަންޓަށް ޤާނޫނީ ހައިޘިއްޔަތު އަންނަ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހު ލިބޭތީ، މި ބައްދަލުވުމަކީ އެތައް ގޮތަކުން މުހިއްމު ބައްދަލުވުމަކަށް ވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ މިއަދު މި ނެރުނު ރިޕޯޓަކީ ޚާއްޞަކޮށް ބައިނަލްއަޤުވާމީ ގޮތުން ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދާ އިތުރު ބާރަކަށް ވެގެންދާނެ ކަމަށާއި މިރިޕޯޓްގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަން ދުނިޔެއަށް އިތުރަށް ހާމަވެގެންދާނެކަމަށެވެ.

(ޔޫއެންއެފްސީސީ) އަށް ފުރަތަމަ ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ހުށަހެޅީ 2001 ވަނަ އަހަރުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.