ޚަބަރު ފީތާ

ރާއްޖެއިން އިތުރު 218 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 218 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބުދަ ދުވަހުގެ އިރުއޮއްސި 6 ން ބްރާސްފަތި ދުވަހުގެ އިރުއޮއްސި 6 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 86 މީހުންނާއި އަތޮޅުތަކުން 116 މީހުންނެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 13 މީހުންނާއި ތަރައްގީވަމުން އަންނަރަށްތަކުން 3 މީހުން ނެވެ.

މިއާއެކު މިހައިތަނަށް ރާއްޖެއިން 71،356 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ. އަދި މިބަލިން މިހައިތަނަށް 64،214 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި 6،930 ހުރި އިރު، 67 މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ނެވެ. އަދި 201 މީހުން ވަނީ މިބަލީގައި މިހައިތަނަށް ރާއްޖެއިން ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: