ޒެމްބިއާގެ ފުރަތަމަ ރައީސް ކައުންޑާ 97 އަހަރުގައި އަވަހާރަވެއްޖެ

ޒެމްބިއާގެ ކުރީގެ ރައީސް ކެނެތް ކައުންޑާ އަވަހާރަ ވެއްޖެ އެވެ.

އަވަހާރަވިއިރު ކައުންޑާގެ އުމުރުފުޅުން 97 އަހަރެވެ. އާއިލާ އާއި ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަވަހާރަވީ އެ ގައުމުގެ އަސްކަރީ ހޮސްޕިޓަލެއްގައި ނިއުމޯނިއާއަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އިޝްތިހާރު Below Header ad

ނިއުމޯނިއާ ޖެހިގެން އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ މިހާރު ހަފްތާއެއް ވެއްޖެ އެވެ.

ކައުންޑާ ޒެމްބިއާގައި ވެރިކަން ކުރައްވާފައިވަނީ 1964 ން 1991 ވަނަ އަހަރަށެވެ. އެއީ އެ ގައުމުގެ ފުރަތަމަ ރައީސެވެ.

1964 ވަނަ އަހަރު ވެރިކަމާއި ކައުންޑާ ހަވާލުވެވަޑައިގެންނެވީ އިނގިރޭސީންއަތުން ގައުމު މިނިވަން ކުރުމަށް ފަހު އެވެ. އަދި ވެރިކަން 1991 ވަނަ އަހަރު ނިމުނުފަހުން އެމަނިކުފާނަކީ އެފްރިކާގެ ގައުމުތަކުގައި އެޗްއައިވިއާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ.

އަދި އެމަނިކުފާނަކީ އެޗްއައިވީއާއި ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން އެންމެ ހަރުދަނާ އަދި އެންމެ ވަފާތެރި ބޭފުޅާ ކަމަށްވެ އެވެ.

ކައުންޓޭ މަޝްހޫރުވެފައިވާ އިތުރު ކަންކަމުގެ ތެރޭގައި ވެރިކަމުގައި އެގައުމުގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓުން ހިމެނެ އެވެ. އެކަމަކު ކަޅު ނަސްލުގެ މީހުންގެ ހައްގުގައި ވަކާލާތު ކުރުމާއި އެނޫންވެސް އިންސާނިއްޔަތުކަމުގެ މަސައްކަތްތަކީ އާންމުންގެ މެދުގައި ކައުންޑޭގެ މަޝްހޫރުވެފައިވާ ސަބަބެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.