ޚަބަރު ފީތާ

ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް އެޗްއާރްސީއެމް އިން އިސްލާހު ހުށަހަޅައިފި

ފައިލް ފޮޓޯ

ދިވެހި ފުލުހުންގެ ޚިދުމަތުން ޙިއްޞާކޮށްފައިވާ ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިޞްލާޙު ހުށަހަޅައިފި އެވެ.

މި ގަވާއިދު އިންސާނީ ހައްޤުތަކުގެ ނަޒަރުން ރިވިއު ކުރުމަށްފަހު ޖުމްލަ 88 އިޞްލާޙަކާއިއެކު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކޮށްފަ އެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ޚިދުމަތާއި ޢިނާޔަތްތައް ތަޢާރުޟްނުވާނެހެން ވަކި ޚިދުމަތްތަކެއްގެ ގޮތުގައި ގަވާޢިދުގެ މާއްދާތަކުގައި ބަޔާންކުރުން ހިމެނެ އެވެ. އަދި އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީންނާއި ޤާނޫނާ ގަވާއިދުތަކުން ލިބިދޭ އެއްވެސް އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް އުނި ނުކުރުމާއި މެދުކަނޑައިނުލުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ، އެހެންނަމަވެސް އެކި ސަބަބުތަކާހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭފަރާތްތަކަށް ކަނޑައެޅޭ އުޞޫލެއްގެމަތިން ޤާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ އެފަދަ ބަންދުމީހުންނަށް ރިމާންޑް ޖަލަކުން ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކާ ޢިނާޔަތްތައް އެ ފަރާތްތަކަށް ލިބިދެވޭކަން ކަށަވަރުކުރުން ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

އެޗްއާރްސީއެމް އިން ބުނީ ވީހާވެސް އަވަހަށް މިފަދަ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެމީހަކު ކުރާ ކުށުގެ ކުޑަބޮޑު މިނަށާއި، ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި، އަންހެނުންނާއި ފިރިހެނުން ވީހާވެސް ބޮޑަށް އެއްބަޔަކު އަނެއްބަޔެއްގެ އަޑާއި ޙަރަކާތްތައް ނުފެންނާނެހެން އިންތިޒާމު ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

“އެފަރާތްތަކުގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެމަތީން، ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށްމެ، އެއްވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ޙައްޤުތަކާއި، ޢިނާޔަތްތަކާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭކަން ކަށަވަރުކުރުން، އަދ
މިފަދަ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ޙައްޤާއި އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤު ކަށަވަރުކޮށްދިނުން ފާހަގަކޮށްލެވޭ.” އެޗްއާރްސީއެމް އިން ބުންޏެވެ.

Like
Like Love Haha Wow Sad Angry