ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާ އިން ފެނިއްޖެ!

ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ވާނެ ކަމަށް ބެލެވޭ ޖަވާހިރު ބޮޓްސްވާނާ އިން ފެނިއްޖެ އެވެ.

އެ ޖަވާހިރު މިއަދު އާންމުކޮށް ދައްކާލީ އެ ގައުމުގެ ރައީސް މޮކްގްވީޓްސީ މަސީސީއަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ޖަވާހިރު އެ ގައުމުން ފެނިފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ޖަވާހިރުގައި ބަރުދަނުގައި 1،098 ކެރެޓު ހުއްޓެވެ. އެ ޖަވާހިރުގެ ދިގު މިނުގައި 73 މިލިމީޓަރު ހުންނައިރު، ފުޅާ މިނުގައި 52 މިލިމީޓަރު އަދި ބޯ މިނުގައި 27 މިލިމީޓަރު ހުރެ އެވެ.

މި ޖަވާހިރު ފެނިފައިވަނީ އެ ގައުމުގެ ޖްވަނެންގް މައިނުންނެވެ. މި ޖަވާހިރު ހޯދާފައިވަނީ ބޮޓްސްްވާނާގެ ސަރުކާރު ހިއްސާވާ ކުންފުނި، ޑެބްސްވާނާ ޑައިމަންޑް ކޮމްޕެނީންނެވެ.

118956430 068051297

އެ ކުންފުނިން ބުނީ އެއީ އެ ކުންފުނީގެ ބައި ގަރުނުވީ ތާރީހުގައިވެސް ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ފެނިފައިވަނީ 2025 ވަނަ އަހަރު ހަމަ އެ ގައުމުންނެވެ.

މިފަހަރު ފެނުނު ޖަވާހިރު ވިއްކާލުމާއި މެދު އެ ގައުމުން އަދި ގޮތެއް ނުނިންމަ އެވެ. 2015 ވަނަ އަހަރު ފެނުނު ދެ ވަނައަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާއިން ވިއްކާލީ 53 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ބޮޓްސްވާނާ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ޖަވާހިރު ފެންނަ ގައުމެކެވެ.

މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ޖަވާހިރު ފެނުނީ 1905 ވަނަ އަހަރު ސައުތް އެފްރިކާއިންނެވެ. އެ ޖަވާހިރުގެ ބަރުދަނުގައި 3،106 ކެރެޓު ހުއްޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.