މާލޭ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބިދޭސީއަކަށް އަނިޔާ ވެއްޖެ

މާލޭ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބިދޭސީއަކަށް އަނިޔާ ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މާލެސިޓީ ދެކުނުފަރާތު (މޭރީ ބްރައުން ކައިރީ) ފަޅުތެރޭ އަޅާފައި އޮތް ތިން ލޯންޗެއްގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:13 ހާއިރު ކަމަށާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން 06:45 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

Alifaan 2

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި ފަސް ލޯންޗަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އަނިޔާވި (ފިހުނު) މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި އެޓޯލް ނިއުސްގެ ރިޕޯޓަރު ބުނީ އެއްޗެއް ގޮވީމަ އިވޭޒާތުގެ ބާރު އަޑެއް ލޯންޗްގައި ރޯވުމުގެ ކުރިން އިވުނު ކަމަށެވެ.

Alifaan 3

މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.