ޚަބަރު ފީތާ

ފްރާންސްގައި ކޯވިޑް ފިޔަވަޅުތަކަށް ލުއިދީ، އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރަނީ!

ފްރާންސްގައި ކޯވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނާތީ ބޮޑެތި ލުއިތަކެއް ދޭން ނިންމައިފި އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ޖީން ކާސްޓެކްސް މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ. މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 11:00 ން ފެށިގެން އިއުލާނުކޮށްފައި އޮންނަ ކާފިއު އުވާލާނެ ކަމަށް ވިދާޅުވި އެވެ.

އާންމު ތަންތަނުގައި މާސްކު ނާޅާ އުޅެން ހުއްދަ ދިން ނަމަވެސް ގިނަ މީހުން އެއްވާ ތަންތަނާއި ފުޓުބޯޅާ ސްޓޭޑިއަމް ފަދަ ތަންތަނާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާއިރު މާސްކު އަޅަން ޖެހެ އެވެ.

ފްރާންސްގައި ކޯވިޑް ފިޔަވަޅުތަކަށް ލުއިދޭން މިފަށަނީ ކުރިން ނިންމާފައިވާ ތާރީހަށްވުރެ 10 ދުވަސް ކުރިންނެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައި މިވަނީ އެ ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ކޯވިޑް-19 ވެކްސިން ދެވުމުންނެވެ. ތަފާސް ހިސާބު ދައްކާގޮތުން ފްރާންސްގެ ކޮންމެ 100 މީހަކުން 68.40 ޕަސެންޓު މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

67.4 މިލިއަން މީހުންގެ އަބާދީއެއް އޮންނަ ފްރާންސްގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން މިހާތަނަށް ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 22.2 ޕަސެންޓު މީހުންނެވެ. ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވަނީ 46.9 ޕަސެންޓު މީހުންނެވެ.

Like
Like Love Haha Wow Sad Angry
1

މިލިޔުމަށް ޚިޔާލު ފޮނުވާ "ފްރާންސްގައި ކޯވިޑް ފިޔަވަޅުތަކަށް ލުއިދީ، އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރަނީ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.