ޔޫރޯ 2020: ( ގުރޫޕް އޭ) އިޓަލީ – ސްވިޓްޒަލެންޑް
ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި މިރޭ ދަންވަރު ބައްދަލުކުރާނީ އިޓަލީ އާއި ސްވިޒަލެންޑެވެ. މިރޭގެ މެޗަކީ މި ދެޓީމަށް ވެސް މުހިންމު މެޗެކެވެ. އެގޮތުން އިޓަލީއަށް މިރޭގެ މެޗުން މޮޅުވެވިއްޖެ ނަމަ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވީއެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އިޓަލީ ތުރުކީ އަތުން މޮޅުވެފައިވުމުންނެވެ. އެހެން ނަމަވެސް ސްވިޓްޒަލެންޑަށް މިރޭގެ މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ. ސަބަބަކީ ސްވިޒަލެންޑް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެފައިވާތީއެވެ. މިރޭގެ މެޗުން އެޓީމު ބަލިވެއްޖެ ނަމަަ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެއެވެ.
އިޓަލީ އަދި ސްވިޒަލެންޑްގެ ތާރީޚީ ބައްދަލުކުރުންތައް
އިޓަލީ އަދި ސުވިޒަލެންޑް މީގެކުރިން 50 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން 24 ފަހަރު އިޓަލީ މޮޅުވެފައިވާއިރު، ސްވިޒަލެންޑް މޮޅުވެފައިވަނީ 6 ފަހަރުގައެވެ. 18 ފަހަރު އެއްވަރުވެފައިވެއެވެ.
ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް
އެންމެ ފަހުން އިޓަލީ ކުޅުނު ފަސް މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.
ސްވިޒަލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު އެއްމެޗުން ވަނީ އެއްވަރުވެފައެވެ.